logo
Bank of Maldives

Bank of Maldives

ޚަބަރު

އަދަދު ނޫހުގެ މައްސަލަ ބަލަންފެށީ ރައީސް އަންގަވައިގެން ނޫން: ތަރުޖަމާނު ހުސައިން ޝަރީފު

އައިޝަތު ނަޝާ
30 އޭޕްރީލު 2026 - 10:36
އަދަދު ނޫހުގެ މައްސަލަ ބަލަންފެށީ ރައީސް އަންގަވައިގެން ނޫން: ތަރުޖަމާނު ހުސައިން ޝަރީފު

އަދަދު ނޫހުން އުފެއްދި ޑުކިއުމެންޓްރީ މައްސަލަ ބަލަން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ހުސެއިން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޤާނޫނު ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ނުވަތަ ކަމެއް ތަހުގީގު ކުރަން ބާރު ދެނީ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި ތަހުގީގެއް ހިންގަން އެންގޭނެ އިދާރާއަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ބައެއް ފަރާތްތަކުން މީޑިއާގައި މި ލިޔަނީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ވެވަޑައިގެންނެވި އިއުތިރާފު ނުވަތަ ކުރެއްވި ސުވާލާ ގުޅިގެން ރައީސް ދެއްވި ޖަވާބާއި ގުޅިގެން ހިނގި ކަމެކޭ އެރޭ އަދަދުގެ އޮފީހަށް ފުލުހުން ވަޑައިގެން ކޯޓު އަމުރަކާއި އެކީގައި ސާޗް އެންޑް ސީޖާ މަސައްކަތެއް ކުރެއްވީ.އެގޮތަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ފުލުހުންނާއި އެކަން މަތިކުރެއްވީ އޭގެ ކުރިން ކަން ފުލުހުން އަޅުގަނޑަށް ޔަގީންކަން ދީފައިވޭ" ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް

ތަރުޖަމާނު އިތުރަށް ވިދާޅުވީ،އަދަދު ނޫހުގައި އާންމުކުރި ޑޮކިއުމެންޓްރީ އާއި ގުޅިގެން 2 މައްސަލައެއް ބަލަމުންދާ ކަމަށެވެ.އޭގެތެރެއިން ފުލުހުން ތަހުގީގު ކުރަނީ ޤާނޫނުތަކުން ދީފައިވާ މިނިވަން ކަމުގެ އިންފާރުން ބޭރުން އަދަދު ނޫހުން ކުރި މަސައްކަތެއް ކަމަށާއި އަދި ދެން އިން މައްސަލަ ތަހުގީގު ކުރަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށް އޭނާ ވިދާޅުވިއެވެ.

 
Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަދަދު ނޫހުގެ މައްސަލަ ބަލަންފެށީ ރައީސް އަންގަވައިގެން ނޫން: ތަރުޖަމާނު ހުސައިން ޝަރީފުޚަބަރު | 3 ގަޑިއިރު ކުރިން