logo
MPL

MPL

ޚަބަރު

މާލޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ދެވަނަ އިޞްލާޙު ގެނެސްފި

ރަސްމާލެ- ފޮޓޯ: އެޗްޑީސީ
ރަސްމާލެ- ފޮޓޯ: އެޗްޑީސީ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ދެވަނަ އިޞްލާޙު ގެނެސް، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި އިޞްލާޙަކީ އުސޫލު ނަންބަރު 2025/ޖީ-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް ގެނައި ދެވަނަ އިޞްލާޙެވެ. މި އިޞްލާޙުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ގެނެސްފައިވާ ބަދަލުތަކެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، އެ އުސޫލުގެ ބައެއް މާއްދާތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަށް ނުހިނގާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން، 18 އަހަރު ނުފުރޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ނުކުޅެދުންތެރިކަމެއްގެ ސަބަބުން ފޯމު ފުރުމަށް ނުވަތަ ބޯހިޔާވަހިކަމެއްގެ ޒިންމާ އުފުލުމަށް އުނދަގޫ ފަރާތްތަކުގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައި ރަޖިސްޓަރީވެފައިވާ ބެލެނިވެރި ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ. އެހެންނަމަވެސް ޝަރުތު ފުރިހަމަވޭތޯ ބެލުމުގައާއި ޕޮއިންޓު ދިނުމުގައި ބަލާނީ ނުކުޅެދުންތެރިކަން ހުރި ފަރާތުގެ މަޢުލޫމާތާއި ލިޔެކިޔުމަށެވެ.

18 އަހަރު ނުފުރޭ ނުކުޅެދުންތެރިކަން ހުރި ފަރާތަކާއި އެ ފަރާތުގެ މައިންބަފައިންގެ ތެރެއިން ފަރާތެއް ވެސް ވަކިން އެޕްލިކޭޝަން ހުށަހަޅައި ޝަރުތު ފުރިހަމަވާ ހާލަތުގައި ފުލެޓު ކަނޑައެޅޭނީ އެތަނުން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައިޚަބަރު | 18 ގަޑިއިރު ކުރިން އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | 2 މަސް ކުރިންބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | 2 މަސް ކުރިން