logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

މާލޭ ޓެކްސީ ޚިދުމަތުގެ ފީޑްބެކް ދަނީ ބަލަމުން، ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ: ތަރުޖަމާން

މާލޭ ޓެކްސީ ޚިދުމަތުގެ ފީޑްބެކް ދަނީ ބަލަމުން، ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ: ތަރުޖަމާން

މާލޭ ޓެކްސީ ޚިދުމަތުގެ ފީޑްބެކް ބަލަމުން އަންނަކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ޙުސެއިން މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މެއި 23 ވީ ހޮނިހިރު ދުވަހު ބޭއްވި ޕްރެސަރ ވިތް ސްޕޯކްސްގައި ވާހަކަ ދައްކަވަމުން ތަރުޖަމާން ވިދާޅުވީ ރާއްޖެއާއި ނުބައްދަލު އަދަދަކަށް މާލޭގައި ވެހިކަލް އެބަހުރި ކަމަށާއި އެންމެ ފުރަތަމަ ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރީ، މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ، ހަލާކުވެ ބޭނުން ނުކުރެވޭގޮތަށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެ ޓެކްސީގެ ޚިދުމަތް ފެށިފަހުން މިހާތަނަށް އައިއިރު، ޚިދުމަތަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ އާންމުންގެ ފަރާތުން އެކިކަހަލަ ޚިޔާލުތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޚިދުމަތާމެދު ހިތްހަމަޖެހޭ ފަރާތްތަކާއި، ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެކި ފަރާތްތަކުން ޚިޔާލު ހުށައަޅަމުންދާކަން ފާހަގަކުރައްވައެވެ.

ތަފާސްހިސާބަށް ބަލާއިރު، މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ފުރަތަމަ މަހުގެ ތެރޭގައި 13000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ. ޓެކްސީގެ ޚިދުމަތް ދިނުމަށް ތިމާވެއްޓާ ރައްޓެހި 150 އުޅަނދު ރާއްޖެ ގެނެސްފައިވާއިރު، މީގެ ތެރޭގައި 3 ސައިޒެއްގެ އުޅަނދުތައް ހިމެނެއެވެ.

މި ހިދުމަތަށް އެދެވެނީ ވެބްސައިޓު މެދުވެރިކޮށް ނުވަތަ ހޮޓްލައިން 1655 އަށް ގުޅައިގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިންރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 2 މަސް ކުރިންސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާންޚަބަރު | 4 މަސް ކުރިންރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފިޚަބަރު | 5 މަސް ކުރިން