logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރުޓީއައި ފޯމަކަށް ހުކުރުގެ ކުރިން ޖަވާބުދީ ނިންމަައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މޭ 2026 - 14:16
ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރުޓީއައި އަކަށް ޖަވާބުދީ ނިންމަައިފި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައިފައިވާ ފޯމުތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް، ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދެވިފައިވާކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ސަރުކާރުން މަޢުލޫމާތު ހާމަކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަން މުޙައްމަދު ޙުސައިން ޝަރީފް ފާހަގަކުރެއްވިއެވެ. މިއީ ދައުލަތުގެ ހިންގުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ކަމުގައިވެސް ތަރުޖަމާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އަންނަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގެ އެކި ސަރައްހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާނަން: މުންދުޚަބަރު | 6 ގަޑިއިރު ކުރިންރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިން“ ޕީއެންސީންގެ މަތީ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބޭއްވޭ އެންމެ ތަފާތު އެއް ބައްދަލުވުން”ޚަބަރު | 2 މަސް ކުރިންރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރަން ނިންމި ނިންމުމަކީ މަޓީއަށް ސަޕްރައިޒެއް ނޫން: ތަރުޖަމާނުޚަބަރު | 2 މަސް ކުރިން