logo
MPL

MPL

ޚަބަރު

ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް: ތަރުޖަމާނު

ޒިދާން މުޙައްމަދު
6 ޖޫން 2026 - 16:32
ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް: ތަރުޖަމާނު
  1. ފުރަތަމަ ޞަފްޙާ
  2. ޕްރެސް އޮފީސް
  3. ޚަބަރު

ޚަބަރު

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ، އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް: ސަރުކާރުގެ އިސް ތަރުޖަމާނު

6 ޖޫން 2026، ރިފަރެންސް: 2026-315

އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ، އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް ކަމުގައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ޙާލަތާމެދު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފިޗް ރޭޓިންގ އަށް ގެނައި ބަދަލު، އެއީ ބޮޑު ބަދަލަކަށް ނުވިނަމަވެސް، އެއީ، ދިވެހިރާއްޖެއާމެދު މާލީ އިދާރާތަކާއި ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ރަނގަޅުވާނޭ ފަދަ، އުންމީދީ ބަދަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަށްވުރެވެސް ބޮޑު ކާމިޔާބީއަކަށްވާނީ، މިހާރަށްވުރެވެސް ރޭޓިންގ ރަނގަޅުވެ، އޭގެ ސަބަބުން ރާއްޖޭގައި ވުނަކުރާ މިންވަރު އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ދައުލަތުގެ ޚަރަދުތައް ބަޖެޓުކުރި މިންގަނޑުގެ ތެރޭގައި ހިފެހެއްޓުނީ، ޙިކުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ޚަރަދުތައް ހިފެހެއްޓުމާއި، ބަޖެޓުކުރުމުގައި އަންދާޒާކުރާ އާމްދަނީ ޙަޤީޤީ އާމްދަނީއާ އެއްއުއިކުރުން ފަދަ ފިޔަވަޅުތަކުގެ މައްޗަށް އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ މެދުގައި މަޤުބޫލު ފިޔަވަޅުތަކަކަށް ނުވިކަމުގައިވިޔަސް، މިއީ ސިޔާސީ ކަންކަމަށްވުރެ ވަޠަނީ މަސްލަހަތު އިސްކުރައްވައި ޒިންމާދާރު ސަރުކާރެއްގެ ވަލިއްޔުލްއަމުރު، ނަމޫނާ ދައްކަވާ ގޮތްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސަރުކާރުން ގެންގުޅުއްވާ ދުރު ރާސްތާ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާއި، ސްޓޭޓް ފާމާ އުފެއްދެވުމުގެ ޙިކުމަތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އެގޮތުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަން މަނާ ކުރެއްވުމުގެ މަސައްކަތަކީ ފުޅާ ދާއިރާއެއްގައި، ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދަވާނޭ މަސައްކަތެއްކަން އިސް ތަރުޖަމާން ހާމަކުރެއްވިއެވެ. އަދި ސްޓޭޓް ފާމާ އަކީ، އެތައް ސަރުކާރަކަށް ޙައްލުނުކުރެވުނު، ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ މައްސަލައިގެ ފުރިހަމަ ޙައްލުކަމުގައި ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ފިޔަވަޅުތަކަކީ، ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ވިސްނުންފުޅަށްވުރެ، ޤައުމުގެ މުސްތަޤުބަލު އިސްކުރައްވައިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މިއަދު ކުރިއަށްގެންދަވާފައިވަނީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ފަސްވަނަ ބައްދަލުކުރެއްވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 3 ގަޑިއިރު ކުރިންސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާންޚަބަރު | 2 މަސް ކުރިންހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާންޚަބަރު | 2 މަސް ކުރިންބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ އިހުތިފާލުކުރުން ޙައްޤު ކާމިޔާބީއެއް: ތަރުޖަމާނުޚަބަރު | 3 މަސް ކުރިން