logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

އައިޝަތު ނަޝާ
26 ޖުލައި 2026 - 05:31
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮނުއްވައިފިއެވެ.

އެމަނިފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

ރާއްޖޭގެ މިނިވަން ދުވަހުގެ އިޙްތިފާލުތައް މިއަދު ހެނދުނު 6:00 ގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުން ވަނީ ފެށިފައެވެ. ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ގައި މާލޭ ޒުވާނުންގެ މަރުކަޒުގައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. އޭގެ ކުރިން 1887 ވަނަ އަހަރުން ފެށިގެން ރާއްޖެ އޮތީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައެވެ. އެ މުއްދަތުގައި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ހިންގި ނަމަވެސް، ޚާރިޖީ ކަންކަން ނިންމުމުގެ ބާރު އޮތީ އިނގިރޭސި ދައުލަތަށެވެ. ނަމަވެސް، 1965 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރެވުނު ތާރީޚީ އެގްރީމެންޓާއެކު، ރާއްޖެއަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މިނިވަން ދައުލަތަކަށް ވެގެންދިޔައެވެ

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | މަހެއް ކުރިންފަލަސްތީނުގެ މިނިވަންކަމަށް ގޮވާލެއްވުމާއެކު ރާއްޖޭގެ އަޑު އުފުއްލެވުމަށްފަހު ނައިބު ރައީސް ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 2 މަސް ކުރިންމުހިންމު ދާއިރާތަކުން، ރާއްޖެއާ ބަންގްލަދޭޝްއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިންމޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އދ އެކު މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިން