logo
ޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިBank of Maldives

Bank of Maldives

ޚަބަރު

133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

އައިޝަތު ނަޝާ
30 ޖުލައި 2026 - 14:43
 133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށް، 133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި އޮޕަރޭޝަންއަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ) އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) އެވެ.

 

View post on Twitter

 

 2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ތަނެއް ބަލައިފާސްކުރިއިރު 133 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

 އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފާ ކަމަށާއި އަދި އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

 މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

133 ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް މާލެ އާއި ބްރިޖްގައި ޖުމްލަ 1,355 އެކްސިޑެންޓް ޚަބަރު | 5 ގަޑިއިރު ކުރިންމޫސުން ވަރަށް ގޯސް!ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭޚަބަރު | 8 ގަޑިއިރު ކުރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިން