logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ތަންފީޒު ނުކޮށްފިނަމަ މަގްސަދު ހާސިލެއް ނުވާނެ: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޮކްޓޯބަރު 2024 - 08:20
ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ތަންފީޒު ނުކޮށްފިނަމަ މަގްސަދު ހާސިލެއް ނުވާނެ: ނާޒިމް

ޤާނޫނަށް ބަދަލުގެނެސް އިސްލާޙްކޮށް ފާސްކުރިނަމަވެސް، އެއާއި ގުޅިފައިވާ ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ސަރުކާރުން ތަންފީޒު ނުކޮށްފި ނަމަ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެކަމަށް ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތާ މީހުން ދުރަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ނާޒިމްގެ ވާހަކާގައި ވަނީ ފާހަގަކުރަށްވާފައެވެ.

މިގޮތުން އެކަމާ ގުޅޭ ގޮތުން ހެދިފައި ހުރި ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ސިނގިރޭޓު އަގު ބޮޑުވިޔަސް ހައްލެއް ނުވާނެ ކަމަށާއި، ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ސަރުކާރުން ތަންފީޒު ނުކޮށްފި ނަމަ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާޙްގެ ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް އަދި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ.

އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކަށް އެ މަނިކުފާނު ވަނީ މި މަހުގެ 14 ގައި އަންގަވައިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 11 ގަޑިއިރު ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 6 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 6 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިން