logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް ސްޓްރައިކަރު ޑިއޭގޯ ފޯލަން އޭޓީޕީ ޓެނިސް މުބާރާތެއްގައި ބައިވެރިވަނީ

އަބްދުﷲ ޣާނިމް
22 އޮކްޓޯބަރު 2024 - 14:05
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ސްޓްރައިކަރު ޓެނިސް ކުޅެނީ. ފޮޓޯ: ގެޓީ އިމޭޖެސް
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ސްޓްރައިކަރު ޓެނިސް ކުޅެނީ. ފޮޓޯ: ގެޓީ އިމޭޖެސް

މޮންޓެވީޑިއޯ، އުރުގުއޭ - ކުރީގެ މެންޗެސްޓަރ ޔުނައިޓެޑް ސްޓްރައިކަރު ޑިއޭގޯ ފޯލަން އަންނަ މަހު އޭނާގެ އަމިއްލަ ގައުމު އުރުގުއޭގައި ބޭއްވޭ އޭޓީޕީ ޑަބަލްސް މުބާރާުބާރާތެއްގައި ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވާން ނިންމައިފިއެވެ.

2019 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަރކުުރި، މިހާރު އުމުރުން 45 އަހަރުގެ ފޯލަން ބައިވެރިވާނީ އުރުގުއޭ އޯޕަންގައި އާޖެންޓީނާގެ ފެޑެރިކޯ ކޯރިއާއާ އެކުގައެވެ. މި މުބާރާތަކީ އޭޓީޕީގެ ދެވަނަ ފަންތީގެ ޗެލެންޖަރ ޓުއަރގެ މުބާރާތެކެވެ.

ޒުވާން އުމުރުގައި ޓެނިސް ކުޅުމުގައި ހުނަރުވެރިކަން ދައްކާފައިވާ ފޯލަން ފަހަކަށް އައިސް ވަނީ އައިޓީއެފް މާސްޓަރސް މުބާރާތްތަކުގައި ބައިވެރިވަމުން ގޮސްފައެވެ. އެންމެ ފަހުން ބައިވެރިވެފައިވަނީ 45 އަހަރުން މަތީގެ ގިންތީގައެވެ. ނަމަވެސް މިފަހަރު ބައިވެރިވާ މުބާރާތަކީ ރަސްމީ އޭޓީޕީ މުބާރާތަކަށްވުމާއެކު، ފޯލަންއަށް ވައިލްޑް ކާޑެއް ލިބިގެން މެނުވީ ބައިވެރިއެއް ނުވެވޭނެއެވެ.

ފޯލަންގެ ޕާޓްނަރު ކޯރިއާއަކީ ސިންގަލްސްގެ ވޯލްޑް ރޭންކިންގގައި 101 ވަނައިގައި ހުރި ކުޅުންތެރިއެކެވެ. އޭނާގެ އެންމެ މަތީ ރޭންކިންގއަކީ 2023 ވަނަ އަހަރު ހާސިލުކުރި 49 ވަނައެވެ.

ފޯލަން މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނީ 2002 ވަނަ އަހަރުއެވެ. އޭނާ އެ ކްލަބަށް 98 މެޗު ކުޅުނެވެ. އޭގެ ފަހުން އޭނާ ސްޕެއިންގެ ލަ ލީގާގެ ވިލަރިއާލް ކްލަބާ ގުޅުނެވެ. ސްޕެއިންގައި ކުޅެމުން ދިޔައިރު، ފޯލަން ވަނީ ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ޔޫރަޕިއަން ގޯލްޑަން ޝޫ ދެ ފަހަރު ހޯދާފައެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ ތިންވަނައަށް ގޮސް، ފޯލަން ގޯލްޑަން ބޯލް ހޯދިއެވެ. އަދި 2011 ވަނަ އަހަރު އުރުގުއޭއިން ކޯޕާ އެމެރިކާ ކާމިޔާބުކުރުމުގައިވެސް ފޯލަންގެ ދައުރު ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި ކުޅިވަރު | 8 މަސް ކުރިންވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށްކުޅިވަރު | 8 މަސް ކުރިންހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފިކުޅިވަރު | 9 މަސް ކުރިންފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފިކުޅިވަރު | 9 މަސް ކުރިން