logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ

އަބްދުﷲ ޣާނިމް
13 ނޮވެމްބަރު 2026 - 04:29
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ

މެންޗެސްޓާ ޔުނައިޓެޑުގެ ހެޑް ކޯޗުގެ މަގާމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވުމަށް އެއްބަސްވުމަކަށް އައިސްފިއެވެ. ޕޮޗެޓީނޯ މި މަގާމާ ހަވާލުވަނީ މިހާރުގެ ކޯޗު މައިކަލް ކެރިކްގެ ބަދަލުގައެވެ.

ކުޅިވަރުގެ ޚަބަރުތައް އިތުބާރާއެކު ގެނެސްދޭ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، ޔުނައިޓެޑުން ވަނީ އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު މިކަމުގެ އެއްބަސްވުމަކަށް އައިސްފައެވެ. ދަ އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ރިޕޯޓްކުރި ގޮތުގައި ޕޮޗެޓީނޯ ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖޫން 2029 ގެ ނިޔަލަށް ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޖެންޓީނާއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ކޯޗު ހޯދުމަށްޓަކައި ޔުނައިޓެޑުން 10 މިލިއަން ޑޮލަރު (7.4 މިލިއަން ޕައުންޑް) ގެ ބައިއައުޓް ފީއެއް ދައްކަން ޖެހޭނެއެވެ.

އެއްބަސްވުމަކަށް އައި ނަމަވެސް، ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ހެއިޓީއާ ދެކޮޅަށް އަންނަ ހޮނިހިރު އަދި އަންގާރަ ދުވަހު އެމެރިކާ ގައުމީ ޓީމު ކުޅޭ ދެ ލެގުގެ މެޗުގައި ޓީމަށް އިރުޝާދު ދޭނީ ޕޮޗެޓީނޯއެވެ. ނަމަވެސް، ޔުނައިޓެޑުގެ ކޯޗުކަމަށް އޭނާ ހަމަޖެއްސިކަން ރަސްމީކޮށް ހުކުރު ދުވަހުގެ ވަގުތެއްގައި އިއުލާނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯކުޅިވަރު | 10 މިނިޓު ކުރިންމެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީކުޅިވަރު | 3 ދުވަސް ކުރިންޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 8 ދުވަސް ކުރިން