logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

މެޖޯރިޓީ ދިނީ ކަންކަން އިސްލާޙްކުރަން: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޮކްޓޯބަރު 2024 - 05:45
މެޖޯރިޓީ ދިނީ ކަންކަން އިސްލާޙްކުރަން: ނާޒިމް

ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުން މެޖޯރިޓީ ދިނީ ކަންކަން އިސްލާޙްކުރަން ކަމަށާއި، ކޮރަޕްޝަންގެ ކަންކަން ނުހުއްޓުވޭއިރު ބަލަން ތިބެވެންނެތްކަމަށް  ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނާޒިމް ވަނީ މިހާރު އޭސީސީގައި ތިއްބަވަނީ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހިނގަމުންދާއިރު ފިޔަވަޅެއް އަޅާތަން ނުފެންނަކަމަށް ވިދާޅުވެ، މިސާލެއްގެ ގޮތުން ކުރީގެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކޮރަޕްޝަން ހިންގައި، ދެ އެޕާޓްމަންޓެއް ގަނެ ޖެހިގެން ހުރި އެޕާޓްމަންޓާ އެއްކޮށްލައި ކަންކަން ކުރިއިރު ވެސް އެޅި ފިޔަވަޅެއް ނެތްކަން ވިދާޅުވިއެވެ.

ނާޒިމް ވަނީ މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެފަދަ ގޮތަކަށް ކަންކަން ހިނގާތަން ބަލަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޭސީސީއާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް މުތުލަގަށް ލިބެން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި ފަސް އަހަރު ވެސް ކޮރަޕްޝަންތައް ނުބަލާ ހިނގަން ދޫކޮށްލީމާ އެތަން ބަލާކަށް ނުތިބެވޭނެ ކަމަށެވެ. އަދި ސަރުކާރަށް ރައްޔިތުން ސުޕަމެޖޯރިޓީ ދިނީ ކަންކަން އިސްލާހުކުރަން ކަމަށް ވިދާޅުވިއެވެ.

އޭސީސީގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙަކީ އޭސީސީގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 11 ގަޑިއިރު ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 6 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 6 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިން