logo
MPL

MPL

ޚަބަރު

އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2024 - 08:00
އަންނަ އަހަރަށް  56 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަޖެޓު ހުށަހަޅާފައިވަނީ މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ 44 ވަނަ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މުޅި ޖުމްލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ބަޖެޓުގައި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ. އެއާއެކު 2025 ވަނަ އަހަރުގެ ބަޖެޓުގައި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރުން ހިމަނާފައިވެއެވެ.

އަދި އާއްމުދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާއިރު އާއްމުދަނީ އިތުރުކުރުމަށް ބަޖެޓުގައިވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

2025 ވަނަ އަހަރު ދައުލަތުގެ އާއްމުދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2025 ވަނަ އަހަރު 6.4 އިންސައްތައިގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަސް ސަރުކާރުން ލަފާކޮށްފައިވާއިރު ކޮވިޑުގެ ކުރީގެ ހާލަތަށް ފަތުރުވެރިކަން ރުޖޫއަވެ އެއް ހަމައެއްގައި ކުރިއަރަމުންދާނެކަމަށާއި މިއަހަރު އިގްތިސާދީ ދުވެލި ބާރުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. 2025 ވަނަ އަހަރަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ވުމާއެކު މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓްކަމަށާއި މި ރާސްތާގައި ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

2025 ވަނަ އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި 35،814.3 މިލިއަން ރުފިޔާ ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13،418.3 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 12،414.5 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންމަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންސަރުކާރުގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިން ނެގޭ އިސްލާހު ފާސްކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންއިންފޯމޭޝަން ކޮމިޝަނަރުކަމަށް އަބްދުލްއަޒީޒު އަށް ރުހުންދީފިޚަބަރު | 11 ގަޑިއިރު ކުރިން