2025 ބަޖެޓް: ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ހަރަދުކުރާނެ


31 އޮކްޓޯބަރު 2024 - 08:00
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ ޕީއެސްއައިޕީއަށް އެންމެ ގިނައިން ހަރަދުކުރާނެ ބަޖެޓުކަމަށާއި އެގޮތުން މި ބެޖެޓުން އައު މަޝްރޫއުތަކާއި ހަރަކާތްތަކަށް 12.4 ބިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.
2024 ވަނަ އަހަރު އެކުލަވާލާފައިވަނީ 54.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި އަހަރަށް އެކުލަވާލާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަހަރަށް ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާ ކަނޑައެޅިއެވެ. މީގެ ތެރެއިން ކެޕިޓަލް ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޕީއެސްއައިޕީގެ ޚަރަދަކީ 2024 ވަނަ އަހަރުގެ ބަޖެޓުގެ 17.5 އިންސައްތަ އެވެ. މިއީ 2023 ވަނަ އަހަރުގެ ޕީއެސްއައިޕީ ޚަރަދާ އަޅަބަލާއިރު 26 އިންސައްތަ ދަށް މިންވަރެކެވެ.
2024 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 1،780 ޕީއެސްއައިޕީ މަޝްރޫއަކަށް 8،665.3 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހިމަނާފަ އެވެ.
އޭގެ ތެރޭގައި އަލަށް ފަށާ 317 މަޝްރޫއަކަށް 1،1660.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާރު ހިނގަމުންދާ 487 މަޝްރޫއެއް ކުރިއަށް ގެންދަން 6،259.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި މީގެ ކުރިން ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އަމަލީ މަސައްކަތް އަދި ނުފެށިފައިވާ 813 މަޝްރޫއަކަށް ބޭނުންވާ 1،093.8 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލެމެންޓަރީ ބަޖެޓު މިހާރު ފާސްކޮށްފައިވާއިރު ދައުލަތުގެ މިއަހަރުގެ ސަޕްލެމެންޓަރީ ބަޖެޓަށް 49.5 ބިލިއަން ރުފިޔާ ފާސްކޮށްފައިވާ އިރު ސަޕްލެމެންޓަރީ ބަޖެޓު އިތުރުކުރުމުން މި އަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މީގެ ކުރިން ސަޕްލަމެންޓަރީ ބަޖެޓުގައި ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ އިތުރުކުރަން ނިންމާފައިވާރު މިއަދަދު އިތުރުކުރީ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި،ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި،ފާސްކުރި ބަޖެޓުގައި ގިނަ މަޝްރޫއުތަކަކަށް ރިއަލިސްޓިކް މިންވަރަށްވުރެ ކުޑަކޮށް ބަޖެޓުކޮށްފައިވާތީކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
އިތުރު ލިޔުންތައް

ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅަނީ
7 މަސް ކުރިން
އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
6 މަސް ކުރިން
މިއީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަޖެޓެއް
6 މަސް ކުރިން