logo
Bank of Maldives

Bank of Maldives

ޚަބަރު

އާއްމުދަނީގެ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހޭދަކުރަނީ ދަރަނި ދެއްކުމަށް: ވަޒީރު

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2024 - 08:30
 އާއްމުދަނީގެ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހޭދަކުރަނީ ދަރަނި ދެއްކުމަށް: ވަޒީރު

މިއަދު ދައުލަތަށް އާއްމުދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހޭދަކުރަންޖެހިފައިވަނީ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓް މަޖިލީހަށް ހުށަހަޅައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އިގްތިސާދު ފުޅާކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ މުހިންމު ހިދުމަތްތަކަށް ކުރަންޖެހޭ ހޭދަތަކުގެ ނަމުގައި ސަރުކާރުގެ ހަރަދު ފާއިތުވީތަނުގައި އާއްމުދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައިވާކަމަށެވެ.
ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ބަޖެޓް މިދިޔަ އަހަރު 50.9 ބިލިއަން ރުފިޔާއަށް އަރުވާލާފައިވާކަމަށާއި ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި ގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ފައިނޭންސް ކުރާނެ ގޮތުގެ ޕްލޭނެއް ނެތުމާއި ހަރަދު އުފުލެމުން ދިއުމުގެ ސަބަބުން ސަރުކާރަށް ހިދުމަތް ފޯރުކޮށްދޭ ކޮންޓެރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް އަދާކުރަންވާ ފައިސާ އަދާނުކުރެވި ބިލްތައް ފުނިޖެހިފައިވާކަމަށާއި ފާއިތުވީ އަހަރުތަކުގައި ފިސްކަލް ޕޮލިސީއެއް ނެތި ރޭވުންތެރިކަމެއްނެތި ތަންފީޒުކުރުމުގެ ސަބަބުން މާލިއްޔަތާއި ގައުމު އޮތީ ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އެގޮތުން ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކުވެސް އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ހިމަނާފައިވާ ބަޖެޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 9 ގަޑިއިރު ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 11 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީޚަބަރު | 2 ދުވަސް ކުރިންތާރީޚީ ރެކޯޑެއް: 7 މަސްދުވަސް ނިމުނުއިރު ދައުލަތުގެ ބަޖެޓް ސާޕްލަސްއެއްގައިޚަބަރު | 3 މަސް ކުރިން