logo
ޚަބަރު

ކޯސްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

މެންދުރު ޓީމް
8 އޯގަސްޓު 2024 - 08:38
ކޯސްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

ކޮލެޖުތަކުން އިޝްތިހާރުކުރާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން، އެ ޕްރޮގްރާމަކީ އެމްކިއުއޭގެ ހުއްދަ ނަގައިގެން ކުރިއަށްގެންދާ ކޯހެއްކަން ކަށަވަރުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭއިން ބުނީ، މަތީ ތަޢުލީމާއި ތަމްރީން ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރަމުންދާ ކަމަށާއި، އެހެންކަމުން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ކުރިން، އެ ޕްރޮގްރާމް އިޝްތިހާރުކޮށްފައިވަނީ އެމްކިއުއޭއިން ހުއްދަ ހޯދައިގެންކަން ކަށަވަރުކުރުމަށް އެދޭކަމަށެވެ. އަދި އެ ޕްރޮގްރާމަކާ ގުޅޭ މަޢުލޫމާތު ހޯދާ އެމްކިއުއޭ މެދުވެރިކޮށް ސައްޙަކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ވަނީ އެދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްކިއުއޭއިން އިތުރަށް ބުނެފައިވަނީ، އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާއި އެހެނިހެން މަޢުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އެހެންކަމުން ކޯސްތަކަށް ފޯމު ހުށަހަޅާއިރު މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެމްކިއުއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް އިޝްތިހާރުކޮށް ހިންގާނަމަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެމްކިއުއޭއިން ވަނީ ހާމަކޮށްފައިވެއެވެ.

އެމްކިއުއޭއިން ވަނީ ކޮލެޖުތަކުން ހިންގާ ކޯސްތަކާއި ކިޔަވައިދިނުމުގެ ފެންވަރު އެ އޮތޯރިޓީގެ މިންގަނޑުގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފިޚަބަރު | އަހަރެއް ކުރިންޕީއެޗްޑީގެ މައްސަލަ އިސްތިއުނާފުކުރަން އެމްކިއުއޭއިން ސުޕްރީމު ކޯޓަށްޚަބަރު | އަހަރެއް ކުރިންކޯސްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފިޚަބަރު | އަހަރެއް ކުރިން