logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް ރިޓަރމަންޓް އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
20 ނޮވެމްބަރު 2024 - 09:16
ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް. ފޮޓޯ: ރަފައެލް ނަޑާލް ފޭސްބުކް
ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް. ފޮޓޯ: ރަފައެލް ނަޑާލް ފޭސްބުކް

ޓެނިސްގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައެލް ނަޑާލް ވަނީ ޑޭވިސް ކަޕް ފައިނަލްސްގައި ކުޅެ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިންމާލާފައެވެ. 22 ގްރޭންޑް ސްލޭމް ޓައިޓަލް ހޯދާފައިވާ ނަޑާލްގެ ފަހު މެޗު ކުޅުނީ ނެދަލޭންޑްސްގެ ބޮޓިކް ވަން ޑި ޒަންޑްސްކަލްޕާ ދެކޮޅަށެވެ. މި މެޗުން ނަޑާލް ބަލިވުމުން، އޭނާގެ ކެރިއަރުގައި ޑޭވިސް ކަޕް ފައިނަލުގައި ބަލިނުވެ ހަމަކޮށްފައިވާ 29 މެޗުގެ ސްޓްރީކް ވަނީ ނިމިފައެވެ.

ނަޑާލްގެ ކެރިއަރު ނިމުމަކަށް އައީ ސްޕެއިން ޑޭވިސް ކަޕްގެ ކުއާޓަރ ފައިނަލުން ބަލިވުމާ ގުޅިގެންނެވެ. ނަޑާލް ސިންގަލްސް މެޗުން ބަލިވުމުން، ކާލޯސް އަލްކަރާޒް ކުޅެ އެ ބަލިވުން އަނބުރާ ރުޖޫއަކޮށްދިން ނަމަވެސް، ޑަބަލްސް މެޗުގައި އަލްކަރާޒާއި މާސެލް ގްރަނޯލާސް ވެސްލީ ކޫލްހޮފާއި ވެން ޑި ޒަންޑްސްކަލްޕާ ދެކޮޅަށް ކުޅެ ބަލިވިއެވެ.

ނަޑާލް ބަލިވުމަށްފަހު ކޯޓުގައި ވާހަކަދެއްކުމުން، އޭނާގެ ކެރިއަރާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ. އަދި މި ބަލިވުމާއެކު އޭނާގެ ކެރިއަރުގެ "ދައުރު" ނިމުނުކަން ވަނި އިޢުލާން ކޮށްފައެވެ.

"މިއަދު އަހަރެންގެ ކެރިއަރުގެ ދައުރު ނިމުނީ. އަހަރެން ފެށި ތަނުގައި ނިމުނީ. އެއީ އަހަރެންނަށް ވަރަށް މުހިންމު ކަމެއް،" ނަޑާލް ބުންޏެވެ.

20 އަހަރަށް ވުރެ ދިގު މ ދިގު މުއްދަތަކަށް ޓެނިސް ކުޅެ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަޑާލް ވަކިވެގެން ދިޔައީ ޓެނިސް ލޯބިވާ ފަރާތްތަކުގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ހަނދާންތަކެއް ދޫކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި ކުޅިވަރު | 8 މަސް ކުރިންވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށްކުޅިވަރު | 8 މަސް ކުރިންހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފިކުޅިވަރު | 9 މަސް ކުރިންފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފިކުޅިވަރު | 9 މަސް ކުރިން