logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ރުޅިވެރިކަން އުފެއްދުމަށް ދޮގު މައުލޫމާތު ފެތުރުމުން ގެއްލުންވަނީ އިޖްތިމާއީ ބިނާރަށް: ނައިބު ރައީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
4 ޑިސެމްބަރު 2024 - 16:59
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފައްދަން އިންޓަނެޓުގެ ޒަރިއްޔާއިން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ގެއްލުންދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަދު ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ޙަމަލާތައް ދެނީ އިންޓަނެޓުގެ ޒަރިއްޔާއން ކަމަށާއި، އެކަމުގެ ތެރެއިން ދޮގު މައުލޫމާތު ފެތުުރުމާއި، އިގްތިސާދީ ފިއްތުންތައް ކުރިމަތި ކުރުވުމާއި، ސިޔާސީ ހަލަބޮލިކަން އިތުރުކުރުމުގެ އިތުރުން، އަދި ސަގާފީ ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެކަންކަމުގެ ތެރެއިން ތޮޅެނީ ގައުމުތަކުގެ ގައުމިއްޔަތާއި، އިޖްތިމާއީ ފިކުރުތަކާއި އިގްތިސާދީ ތަސައްވުރުތަކާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އެކަންކަން "ކައްޗަރީ ހަނގުރާމައިގެ" ގޮތުގައި ސިފަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އެފަދަ ހަނގުރާމައިގެ ސަބަބުން ލިބޭ ނުފޫޒުތަކުގެ ސަބަބުން، ގައުމެއްގެ އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ގެއްލުން ވާ ކަމަށާއި، އެކަމުގެ ސަބަބުން އިޖްތިމާއީ އެއްބައިވަންތަކަމާއި އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމަށް ވެސް ހުރަސް އެޅޭ ކަމުގައެވެ.

އަދި އެފަދަ ހަނގުރާމައިގައި ފެތުރާ ދޮގުތައް އެތައް ޒަމާނަކަށް ފެތުރޭ ކަމަށާއި، އެފަދަ ކަންކަމަކީ ގައުމު ބައިބައިވެ، ގައުމީ ވަންތަކަށް ބަލިކަށިކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ގައުމީ މަސްލަހަތަށް އޮންނަ އިތުބާރު ވެސް ފުނޑުފުނޑުކޮށްލާކަމެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފައްދަން އިންޓަނެޓުގެ ޒަރީއްޔާއިން ޙަމަލާ އެބަދޭ. ދޮގު މައުލޫމާތު ފެތުރުމާއި، އިގްތިސާދީ ފިއްތުންތައް ކުރިމަތި ކުރުވުމާއި ސިޔާސީ ހަލަބޮލިކަން އިތުރުކުރުމާއި އަދި ސަގާފީ ނުފޫޒުގެ ތެރެއިން ތޮޅެމުންދަނީ ގައުމުތަކުގެ ގައުމިއްޔަތާއި، އިޖްތިމާއީ ފިކުރުތަކާއި އިގްތިސާދީ ތަސައްވުރުތަކާ. ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ގައުމެއްގެ އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ދެވޭ ގެއްލުމަކަށް. އޭގެ ސަބަބުން އިޖްތިމާއީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް. އޭގެ ސަބަބުން އިޖްތިމާއީ އެއްބައިވަންތަކަމާއި އިގްތިސާދީ ހަމަޖެހުން ގެއްލުންވޭ. އެފަދަ ހަނގުރާމައިގައި ފަތުރާ ދޮގު މައުލޫމާތުތައް އެތައް ޒަމާނަކަށް ފެތުރޭ. މިފަދަ ތޫނު ހަންޖަރަކުންވާ އިޖްތިމާއީ ޒަހަރުތަކަކީ ގައުމު ބައިބައިވެ، ގައުމީ ވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ގައުމީ މަސްލަހަތާއި އޮންނަ އިތުބާރު ފުނޑުފުޑުވެ، އެކަން ދާއިމަށް ހިނގައިފާނެ ފަދަ ބިރުވެރިކަމެއް، - ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެކަންކަމުގެ ސަބަބުން މިއަދުގެ ސަރުކާރުން ދަނީ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން ޢާންމު މަސްލަހަތުތައް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، މިއަދު ސައިބާ ސަލާމަތީ ފިޔަވަޅުތައް ވެސް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހަރުދަނާކުރަމުން ކަމަށެވެ.

މިހެންވުމުން މިއަދު އަޅުގަނޑުމެންގެ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން ޢާންމު މަސްލަހަތުތައް ހިމާޔަތްކުރަން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންމިދާ ހަލުވި ތަރައްގީ އާއި މަސްނޫވީ ވިސްނުން ފުޅާވަމުން މި އަންނަ އައުމާއެކު އަޅުގަނޑުމެންގެ ސަރުކާރުން މި ގެންދަނީ ސައިބާ ސަލާމަތީ ފިޔަވަޅުތައް ވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ މަދަދުވެރިކަމާއެކު ހަރުދަނާކުރަމުން. މިއަދު ހައިބްރިޑް ހަނގުރާމައިން ދަފަރާ ވާން އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބާ ރައްކާތެރިކުރުމުގެ ތަމްރީނުތައްދީ، ނުރައްކާތަކުން ދެނެގަތުމުގެ އުސޫލުތައް ދަސްކޮށްދޭން އެބަ ޖެހޭ، - ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

އެއާއެކު އެކި ގޮތް ގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރަން ވެސް މިއަދު ވަނީ މަޖުބޫރުވެފައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރަވީ ދުވަސް: ދޮންބަންޑާރައިން ހޮޅިންގެ މައްޗަށް ފަތަޙަ ހޯއްދެވީ އުކުޅާއި ޙިކުމަތުންރިޕޯޓް | 2 ގަޑިއިރު ކުރިންއޭދަފުށީ ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 މަސް ކުރިންޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށްޚަބަރު | 5 މަސް ކުރިންދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން މުޙިއްމު - ނައިބު ރައީސް ޚަބަރު | 5 މަސް ކުރިން