logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އެމްޑީޕީން ޓެރަރިޒަމަށް ހިއްވަރުދިނުން ޕީއެންސީން ކުށްވެރިކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 ޑިސެމްބަރު 2024 - 07:53
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް -- ފޮޓޯ/ ޕީއެންސީ

އިދިކޮޅު އެމްޑީޕީން ޓެރަރިޒަމަށް ހިއްވަރުދިނުން ވެރިކަން ކުރާ ޕީއެންސީން ކުށްވެރިކޮށްފިއެވެ.

ޕީއެންސީން އެފަދައިން ބުނީ، ރައީސް މުޙައްމަދު އަމީންގެ ހަށިކޮޅަށް އަނިޔާކުރި ގޮތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ހަދަން ޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް ވިދާޅުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެކަން ކުށްވެރިކުރަމުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އަމީންއާ މެދު ކަން ހިނގި ގޮތަކީ ރާއޖޭގެ ސިޔާސީ ތާރީޚުގައި ވެސް އަނދިރި ސަފުހާއެއް ކަމަށާއި، މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ނަފުރަތު ވަނަ ނުދިނުން ކަމަށެވެ.

އަދި މިއަދުގެ ދުސްތޫރީ ނިޒާމުގެ ބޭނުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކުރިޔަށް ގެންދެވޭ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށާއި، އެކަމަކީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނޔާވެރި އަމަލުތައް އިޔާދަވިޔަނުދިނުމަށް ތަރުތީބުކުރެވިފައިވާ ނިޒާމެއް ކަމަށެވެ.

އަދި އެފަދައިން މިހަކާ މެދު އަނިޔާވެރިވުމަށް ޢަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، ފައްުޔާޒު އަދި އެމްޑީޕީގެ އާންމު މެންބަރުން ހިންގި އެ ޢަމަލު ތަހުގީގު ކުރުމަށް އިދާރާތަކަށް ވަނީ ޕީއެންސީން ގޮވާލާފައެވެ.

ފައްޔާޒު އެފަދައިން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާނެ ކަމަށް ފައްޔާޒު ވިދާޅުވުމަކީ ޓެރަރިޒަމަށް ހިއްވަރު ދިނުން ކަމަށާއި، އެކަން ސީރިއަސް ކަމާއެކު ބެލުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލުމަށް:

Fayyaz ge vaahaka akee kanda elhigen terrorism ah hivvaru dhinun: Abdul RaheemFacebookViberTelegramXWhatsApp

Fayyaz ge vaahaka akee kanda elhigen terrorism ah hivvaru dhinun: Abdul RaheemFacebookViberTelegramXWhatsApp

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަށަފަރުން އެމްޑީޕީއަށް ޖާގައެއް ނުދިން، ހުރިހާ ގޮނޑިއެއް މިފަހަރު ވެސް ޕީއެންސީއަށް!ޚަބަރު | 4 ގަޑިއިރު ކުރިންކައުންސިލު އިންތިހާބުގެ ގިނަ ގޮނޑިތައް އެމްޑީޕީ އަދި ޕީއެންސީ އަށްޚަބަރު | ދުވަހެއް ކުރިންދޫންޏަށް ވޯޓުދީ، ހުޅުދޫ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ: ޝާޑުޚަބަރު | 3 ދުވަސް ކުރިންމާލޭގެ ކޮންމެ އާއިލާއަކަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް: މޫސާ ޖަލީލްޚަބަރު | 4 ދުވަސް ކުރިން