logo
E-Platinum
ޚަބަރު

އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބިއްޖެ

މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 301 މިލިއަން ރުފިޔާ ވަނީ ލިބިފައި
މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 301 މިލިއަން ރުފިޔާ ވަނީ ލިބިފައި

އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދުވަނީ 5.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ސިންގަޕޯ، ޗައިނާ، އިންޑިއާ އަދި މެލޭޝިއާއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

ޑިސެންބަރުމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:

  • ޔޫއޭއީ- 147.9 މިލިއަން ރުފިޔާ
  • ސިންގަޕޯ - 925 މިލިޔަން ރުފިޔާ
  • ޗައިނާ - 846 މިލިޔަން ރުފިޔާ
  • އިންޑިއާ - 675 މިލިޔަން ރުފިޔާ
  • މެލޭޝިއާ - 472 މިލިޔަން ރުފިޔާ

 

2024 ވަނަ އަހަރު ވަނީ 116 މިލިޔަން ރުފިޔާ މުދާ އެކްސްޕޯޓް ކޮއްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިންގިރޭސިވިލާތް، ތައިލޭންޑް، ވިއެޓްނާމް، ޖަރުމަންވިލާތް އަދި ޖަޕާނުންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތައް :

  • އިނގިރޭސިވިލާތް - 42 މިލިޔަން ރުފިޔާ
  • ތައިލޭންޑް - 22 މިލިޔަން ރުފިޔާ
  • ވިއެޓްނާމް - 13 މިލިޔަން ރުފިޔާ
  • ޖަރުމަންވިލާތް - 10 މިލިޔަން ރުފިޔާ
  • ޖަޕާން - 5 މިލިޔަން ރުފިޔާ

 

މިދިޔަ މަހުގައި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފަވަނީ ކަޅުބިލަމަސްދަޅެވެ. އެއީ މުޅި ޖުމްލަ 48 މިލިޔަން ރުފިޔާއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 2 މަސް ކުރިންސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފިޚަބަރު | 3 މަސް ކުރިންވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް އަތުލައިގެންފި ޚަބަރު | 4 މަސް ކުރިން ވައިގެމަގުން އެތެރެކުރަން އުޅުނު 1 ކިލޯގެ ޑްރަގް އަތުލައިގެންފިޚަބަރު | 4 މަސް ކުރިން