logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެންގެ މަސްލަހަތު ވެސް ހިމާޔަތްވާންޖެހޭ، މީޑިއާގެ މިނިވަންކަމަށް ހުރަހެއް ނާޅަން: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖެނުއަރީ 2025 - 18:17
މީޑިއާގެ މިނިވަންކަމަށް ހުރަހެއް ނާޅަން: ނާޒިމް

ސޯޝަލް މީޑިއާގައި ވެސް އެންމެންގެ މަސްލަހަތު ހިމާޔަތްވާންޖެހޭ ކަމަށާއި, މީޑިއާގެ މިނިވަންކަމަށް އެއް އިރެއްގައި ވެސް ހުރަސް އަޅުއްވާފައި ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޮންލައިން ނޫސް ''ސަން އޮންލައިން" އަށް އޭނާ ދެއްވި އިންޓަވިއެއްގައި މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރުމަށް ސަރުކާރުން ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން، އާންމުންގެ ތެރޭ އޮޅުން އަރާގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރާތީ، އެކަން އޮޅުން ފިލުވައި ދިނުމަށް ނެރުނު ބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ މީޑިއާގެ މިނިވަންކަމަށް އެއްވެސް އިރެއްގައި ހުރަސް ނާޅުއްވާ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫނެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާނެ މީހެއް ނޫނެވެ. އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދުކުރާނެ މީހެއް ނޫނެވެ..،" ނާޒިމްގެ ބަޔާނުގައި ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓްކުރާ މުއައްސަސާތައް އެންމެ ފުރިހަމައަށް ނުހިނގާކަމަށް ފާހަގަކުރަށްވައި ނާޒިމް ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމަކީ މުހިންމުކަމެއް ކަމަށާއި، ނަމަވެސް އެއީ މީޑިއާގެ މިނިވަންކަން ހަނިކުރުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިންޓަނެޓް ރެގިއުލޭޓްކުރުމަށް ގާނޫނީ އޮނިގަނޑެއް ބޭނުންވާކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިއަދު ރައީސް އޮފީހުން ބުނީނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓުކުރަން ބިލެއް ތައާރަފުކުރަން ސަރުކާރުން މަސެއްކަތް ނުކުރާ ކަމަށެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަވެސް އެފަދަ ބިލެއް ހިމެނިފައިނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ވެސް ސަރުކާރުން މިއަދު ބުނެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | 24 ދުވަސް ކުރިންވަޒީރުންނާ ސުވާލުކުރުމަށް ތާވަލުކުރުން ލަސްވާ ސަބަބު ސާފުކޮށްދެއްވައިފިޚަބަރު | 5 މަސް ކުރިންމީޑިއާގެ މިނިވަންކަމަށް ހުރަހެއް ނާޅަން: ނާޒިމްޚަބަރު | 9 މަސް ކުރިންމެޖޯރިޓީ ދިނީ ކަންކަން އިސްލާޙްކުރަން: ނާޒިމްޚަބަރު | އަހަރެއް ކުރިން