logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ހުށަހަޅުއްވާ މެމްބަރާއި ރައްދުވާ ވަޒީރުވެސް ރާއްޖޭގައި ނޫޅުއްވާތީ: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޭޕްރީލު 2025 - 12:48
ވަޒީރުންނާ ސުވާލުކުރުމަށް ތާވަލުކުރުން ލަސްވާ ސަބަބު ސާފުކޮށްދެއްވައިފި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާ ވަޒީރުންނާއި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީކަން ހާމަކުރަށްވައި، ވަޒީރުންނާ ސުވާލުކުރުމަށް ތާވަލުކުރުން ލަސްވާ ސަބަބު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ސާފުކޮށްދެއްވައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރަށް މަޖިލީހުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިހާރު ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް" ބަހުސްގެ ފުރުސަތު ހުޅުވައިލުމުގެ ކުރިން ރިޔާސަތުގައި އިންނެވި ނާޒިމް ވިދާޅުވިއެވެ.

ހަމައެހެންމެ، ސުވާލުކުރެއްވި މެންބަރަށް ވެސް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ނަމަވެސް، އެ ސުވާލު ހުށަހެޅުއްވި މެންބަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުން އެޖެންޑާ ނުކުރެވުނު ކަމަށެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކުރަން ބެއްލެވި ސުވާލު ވެސް އެހެންވެ އެޖެންޑާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރު ރާއްޖޭގައި ހުންނަވާފައި، ސުވާލުކުރެއްވި މެންބަރު ހުންނެވިއްޔާ އަޅުގަނޑުމެން ބަލާނަން އެ ސުވާލެއް ތާވަލުކުރެވޭތޯ،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީރުންނާ ކުރަން މިހާރު މެންބަރުން ހުށަހަޅުއްވާފައި ހުރި ސުވާލުތަކުގެ ތެރެއިން ގާނޫނީ ގޮތުން ވަޒީރުންނަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވެފައި ހުރި ސުވާލުތައް ރައްދުވާ ވަޒީރުން މި ވަގުތު ތިއްބެވީ ރަސްމީ ދަތުރުތަކުގައި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު، ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 11 ގަޑިއިރު ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 6 ދުވަސް ކުރިންގާނޫނާ ހިލާފަށް ހޯދާފައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަންޖެހޭނެ: މެމްބަރު އިބްރާހީމް ދީދީޚަބަރު | 6 ދުވަސް ކުރިންނޯވޭގެ ރަސްގެފާނު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | މަހެއް ކުރިން