logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަލް ހިލާލް އިން ނޭމާ ގެ ކޮންޓްރެކްޓް އުވާލައިފި

އަބްދުﷲ ޣާނިމް
28 ޖެނުއަރީ 2025 - 07:47
ނޭމާ އަށް އަނިޔާގެ ސަބަބުން ކުޅެވިފައިވަނީ އެންމެ 7 މެޗު. ފޮޓޯ: އަލް-ހިލާލް
ނޭމާ އަށް އަނިޔާގެ ސަބަބުން ކުޅެވިފައިވަނީ އެންމެ 7 މެޗު. ފޮޓޯ: އަލް-ހިލާލް

ސައުދީ އަރަބިއްޔާގެ އަލް-ހިލާލްގެ ބްރެޒިލްގެ ސްޓާރ ކުޅުންތެރިޔާ ނެއިމާ ޖޫނިއަރ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންސްފައިވާކަން ކުލަބުން ރަސްމީކޮށް އިޢުލާން ކޮށްފިއެވެ.

2023 ވަނަ އަހަރުގެ އޮގަސްޓް މަހު އަލް-ހިލާލްއާ ގުޅުނު ނޭމާއަށް، އެ އަހަރުގެ އޮކްޓޯބަރު މަހު އޭސީއެލް އަށް އަނިޔާވެ ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު، ކުޅުމުގެ ތެރެއަށް މިދިޔަ ނޮވެމްބަރ މަހުގައި އައިސް ދެމެޗު ކުޅުމަށްފަހު އަނެއްކާވެސް ވަނީ އަނިޔާވެ ކުޅުމާއި ދުރުގައެވެ. މީގެކުރިން ނޭމާ އާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން އަށް ހަމަވާއިރު، އަލް-ހިލާލް އިންވަނީ އެއްބްސްވުން އާ ނުކުރުމަށް ނިންމައި ނޭމާ އާއި ވާހަކަ ދައްކައިގެން އެއްބަސްވުން އުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Neymar alun en'buri Brazil ge santos ahFacebookViberTelegramXWhatsApp

Neymar alun en'buri Brazil ge santos ahFacebookViberTelegramXWhatsApp

 

އަލް-ހިލާލް އާއި ގުޅުނުފަހުން ނޭމާ އެންމެ 7 މެޗު ކުޅެފައިވާއިރު، ، 1 ގޯލާއި 2 އެސިސްޓު ވަނީ ހަދާފައެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައިހުރި ނޭމާ އޭނާގެ ކުރީގެ ކުލަބަށް ސޮއިކުރަން އުޅޭކަމަށް މަސްދަރުތަކުން ރިޕޯޓްކުރެއެވެ. އެގޮތުން ސީރިއަސް އިންޖަރީއަކުން އަރައިގަތުމަށްފަހު ކުޅުމުގެ ފޯމާއި ޖޯޝް އަލުން ހޯދުމަށް ނޭމާ ގެ އުފަން ޤައުމުގައި ކުޅުމަކީ މުހިންމު ކަމެއްކަމަށާއި، އަދި އެކަމަށް އެންމެ އެކަށީގެންވާ ކުލަބަކީ އޭނާގެ ކެރިއަރު ފެށި ކުލަބު ސަންޓޯސް ކަމަށް ނޭމާ ގަބޫލުކުރެއެވެ.

2017 ވަނަ އަހަރު 222 މިލިއަން ޔޫރޯގެ ރެކޯޑު އަގަކަށް ޕެރިސް ސެއިންޓް-ޖަރމަންއަށް ބަދަލުވުމުގެ ކުރިން ނެއިމާގެ ކެރިއަރު ފެށިގެން ދިޔައީ ސެންޓޯސްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފިކުޅިވަރު | 2 މަސް ކުރިންނޭމާއަށް ކޮވިޑް ޖެހިއްޖެކުޅިވަރު | 4 މަސް ކުރިންމެސީ އާއި މަރަޑޯނާ ކޮޕީކުރަން ހަދައިގެން ނޭމާ ރަތްކާޑުދައްކައި ފޮނުވާލައިފިކުޅިވަރު | 5 މަސް ކުރިންނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެކުޅިވަރު | 6 މަސް ކުރިން