މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ ނިޔާވެއްޖެ
12 ފެބްރުއަރީ 2025 - 12:03

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، މުޙައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެއެވެ.
މެޒޯ ނިޔާވީ ސިއްޚީ ޚާލަތު ދަށްވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި މަޝްހޫރު ގިނަ ލަވަތަކެއް ކިޔައި، މެޒޯ ވަނީ ނެރެފައެވެ. އެގޮތުން ވެސް އެންމެ ޚާއްސަވީ މެޒޯ އަދި "މެޒޯ ބޭންޑް" އާއެކު ނެރުނު އަމިއްލަ ރާގު ހިމެނޭ ގިނަ ލަވަތަކެވެ. އެ ލަވަތަކަކީ މިއަދު ވެސް ރާއްޖޭގެ ގިނަ ބަޔަކު އަޑުއަހައި، ތަޢުރީފުކުރާ ލަވަތަކެކެވެ.
މިޔުޒިކަށް މެޒޯ ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ކުރުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މެޒޯއަށް ވަނީ ގައުމީ އިނާމު ވެސް ލިބިފައެވެ.


