logo
Bank of Maldives

Bank of Maldives

ޚަބަރު

މެޒޯ ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުޙައްމަދު މާޖިދު -- ފޮޓޯ: ދި އެޑިޝަން
ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުޙައްމަދު މާޖިދު -- ފޮޓޯ: ދި އެޑިޝަން

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މުޙައްމަދު) ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި، މެޒޯ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު މާޖިދު ލަހައްޓުމަށް އެދި ދުއާ ދަންނަވާފައެވެ.

View post on Twitter

 

މެޒޯ ނިޔާވީ ސިއްޚީ ޚާލަތު ދަށްވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި މަޝްހޫރު ގިނަ ލަވަތަކެއް ކިޔައި، މެޒޯ ވަނީ ނެރެފައެވެ. އެގޮތުން ވެސް އެންމެ ޚާއްސަވީ މެޒޯ އަދި "މެޒޯ ބޭންޑް" އާއެކު ނެރުނު އަމިއްލަ ރާގު ހިމެނޭ ގިނަ ލަވަތަކެވެ. އެ ލަވަތަކަކީ މިއަދު ވެސް ރާއްޖޭގެ ގިނަ ބަޔަކު އަޑުއަހައި، ތަޢުރީފުކުރާ ލަވަތަކެކެވެ.

މިޔުޒިކަށް މެޒޯ ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ކުރުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މެޒޯއަށް ވަނީ ގައުމީ އިނާމު ވެސް ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބުކަމަށް މަމްދޫހު އައްޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންއީޔޫއާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންއަޅުގަނޑު ދެއްކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ: ރައީސްޚަބަރު | 2 ދުވަސް ކުރިންމޯލްޑިވްސް 2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ޕަބްލިކް ސަރވިސްއެއް ދިނުން: ރައީސްޚަބަރު | 2 ދުވަސް ކުރިން