logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

މެޒޯގެ މޫނު ދެއްކުން މިއަދު މެންދުރު އެކަކުން ފެށިގެން އިސްލާމީ މަރުކަޒުގައި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ފެބްރުއަރީ 2025 - 05:02
"ރާއްޖޭގެ ނޫހެއް"ކަމުގައިވާ އަވަސްގެ ފޮޓޯއަކަށް މެޒޯ ހުއްޓިލައިގެން -- ފޮޓޯ: އަވަސް
"ރާއްޖޭގެ ނޫހެއް"ކަމުގައިވާ އަވަސްގެ ފޮޓޯއަކަށް މެޒޯ ހުއްޓިލައިގެން -- ފޮޓޯ: އަވަސް

މުޙައްމަދު މާޖިދު (މެޒޯ)ގެ މޫނު ދެއްކުން މިއަދު މެންދުރު އެކަކުން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.

މެޒޯ ނިޔާވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ އުމުރުން 59 އަހަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޒޯގެ މައްޗަށް ކުރެވޭ ކަށު ނަމާދު ވެސް މިއަދުކުރެވޭއިރު، ކަށުނަމާދު ކުރަނީ މިއަދުގެ އަސްރު ނަމާދަށް ފަހުއެވެ. ކަށު ނަމާދު ވެސް ކުރެވެނީ އިސްލާމީ މަރުކަޒުގައެވެ.

މެޒޯއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ތަފާތު އެއް ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ވެސް މެއެވެ. މެޒޯ އަދި މެޒޯ ބޭންޑުގެ ގިނަ ލަވަތަކަކީ މިއަދު ވެސް ރާއްޖޭގެ ގިނަ ބަޔަކު އަޑުއަހައި، އެ ލަވަތަކުގެ ރާގާއި ޅެމާއި ފަންނުވެރިކަމަށް ތައުރީފުކުރާ ލަވަތެކެވެ.

މިޔުޒިކަށް މެޒޯކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގައުމީ އިނާމު ވެސް އަރުވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޒޯގެ "ތި ހަނދާންތަކެއް" ދިވެހީންގެ ހިތުން ދުވަހަކު ވެސް ނުފިލާނެރިޕޯޓް | 2 އަހަރު ކުރިންމެޒޯގެ މޫނު ދެއްކުން މިއަދު މެންދުރު އެކަކުން ފެށިގެން އިސްލާމީ މަރުކަޒުގައިޚަބަރު | 2 އަހަރު ކުރިންމެޒޯ ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ ޚަބަރު | 2 އަހަރު ކުރިންމަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ ނިޔާވެއްޖެޚަބަރު | 2 އަހަރު ކުރިން