ފުވައްމުލައް ބަލިކޮށް ޒޯނުގެ ޗެންޕިއަންކަން ވާދޫއަށް

ޒޯނުގެ ޗެންޕިއަން ވާދޫ. ފޮޓޯ: އިމޭޖެސް.އެމް.ވީ

13 ފެބްރުއަރީ 2025 - 07:56
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 7 ގެ ފައިނަލުގައި ދަނޑިމަގު (ފުވައްމުލަށް) ބަލިކޮށް ޗެންޕިއަންކަން ގދ. ވާދޫއިން ހޯދައިފިއެވެ. ރޭގައި ކުޅެވުނު ފައިނަލުގައި ވާދޫއިން ދަނޑިމަގުގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ.
މީގެކުރިން ވެސް މިޒޯނުގެ ފުރަތަމަ މެޗުގައި މިދެޓީމު ވާދަކޮށް 0-0 އިން މެޗުވަނީ އެއްވަރުވެފައެވެ. ޒޯނުގައއި މިދެޓީމު އެއް ގްރޫޕެއްގައި ވާދަކޮށްފައިވާއިރު، ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ފުވައްމުލައް ގޮސްފައިވާއިރު، ވާދޫ ސެމީގައި ވާދަކޮށްފައިވަނީ މިގްރޫޕްގެ ދެވަނަ ޓީމުގެގޮތުގައެވެ.
މެޗުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ވާދޫއަށް ލިބުނު ހިލޭޖެހުމެއްގައި އަޔާދިން ބޯޅައަކުން ޝައުފް މުޙައްމަދު އެވެ. މިގޯލަށްފަހު ދަނޑިމަގަށް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަނަމަވެސް، އެފުރުސަތުތަކުގެ ބޭނުންހިފޭގޮތް ވަނީ ނުވެފައެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ މެޗުގެ ހަމައެކަނި ގޯލުޖެހި ޝައުފް މުޙައްމަދުއެވެ.
ޒޯނުގެ މޮޅުކުޅުންތެރިޔާ އަޔާ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ޒޯނުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ. މިޒޯނުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ހިތަދޫގެ އަލީ ޝަނޫންއެވެ.
މުބާރާތުގެ ގަދަ 16 އިން ވާދޫއާއި ދަނޑިމަގު ޖާގަހޯދާފައިވާއިރު، ވާދޫ ގަދަ 16 ނޮކްއައުޓް ބުރުގައި ވާދަކުރަންޖެހޭނީ ހއ. ދިއްދޫއާއި ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 22:00 ގައެވެ. އަދި ދަނޑިމަގުން ގަދަ 16 ގައި އޭދަފުއްޓާއި ދެކޮޅަށް ނިކުންނައިރު، މިމެޗު ކުޅޭނީ ހަމައެރޭ 20:00 ގައެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
3 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
2 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
2 މަސް ކުރިން