logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕޯޗުގީޒް ކްލަބް އެފްސީ އަލްވަރކާގެ ހިއްސާ ވިނީ ޖޫނިއަރ ގަނެފި

އަބްދުﷲ ޣާނިމް
18 ފެބްރުއަރީ 2025 - 09:53
ޕޯޗުގީޒް ކްލަބް އެފްސީ އަލްވަރކާގެ ހިއްސާ ވިނީ ޖޫނިއަރ ގަތުމަށް އެއްބަސްވެއްޖެ
ޕޯޗުގީޒް ކްލަބް އެފްސީ އަލްވަރކާގެ ހިއްސާ ވިނީ ޖޫނިއަރ ގަތުމަށް އެއްބަސްވެއްޖެ

ރިއަލް މެޑްރިޑްގެ ބްރެޒިލިއަން ފޯވާޑް ވިނިސިއަސް ޖޫނިއަރ ޕޯޗުގަލްގެ ދެވަނަ ޑިވިޝަން ކްލަބް އެފްސީ އަލްވަރކާގެ ހިއްސާ ގަތުމަށް 6.7 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވާ ދަނޑިވަޅަކީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ރެއާލް މެޑްރިޑް ވާދަކުރާ މެޗު ކުޅެން ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި މުހިންމު ވިޔަފާރީގެ މުއާމަލާތުގައި ވިނީ ޖޫނިއަރާއެކު ބްރެޒިލް އަދި ސްޕެއިންގެ އިންވެސްޓަރުންގެ ގްރޫޕެއް ބައިވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުލަބް އެފްސީ އަލްވަރކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ރިކާޑޯ ވިސިންޓިން ވަނީ އޭނާގެ ހިއްސާ އިންވެސްޓަރުންގެ ގްރޫޕަކަށް ވިއްކާލާފައި" ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އައު ވެރިފަރާތުގެ ދަށުން އެފްސީ އަލްވަރކާއިން އަމާޒު ހިފާފައިވަނީ ޕޯޗުގީޒް ޕްރިމެއިރާ ލީގަށް ކުރިއެރުމަށެވެ. މިއީ ކްލަބުގެ ތާރީހުގައި އެންމެ ބޮޑު އެއް ބަދަލު ކަމަށް ބެލެވެއެވެ.

23 އަހަރުގެ ވިނީ ޖޫނިއަރަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ފުޓްބޯޅަ ކުޅުމުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށްވެސް ނުކުތުމަކީ އޭނާގެ ކެރިއަރަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީކުޅިވަރު | 3 ދުވަސް ކުރިންވިނީ އަށް ބެލަންޑީއޯ ގެއްލުވާލި މައްސަލަ ޙައްލުކުރުމަށް ފްރާންސް ފުޓްބޯޅައިން ކުރި މަސައްކަތް ނާކާމިޔާބުކުޅިވަރު | މަހެއް ކުރިންއެންޗެލޯޓީގެ އުފަންދުވަހުގައި ވިނީޝިއުސްގެ ގޯލާއެކު ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 4 މަސް ކުރިންވިނީސިއުސް ރެއާލް އާއެކު އެއްބަސްވުން އާކުރަނީ ކުޅިވަރު | 6 މަސް ކުރިން