logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުވެންޓަސް އިން މޮޓާ ވަކިކޮށް ޓިއުޑަރ ގެނައުމަށް ނިންމައިފި

އަބްދުﷲ ޣާނިމް
23 މާރިޗު 2025 - 04:51
1998-2007 އަށް އިގޯރ ޓިއުޑަރ  ވަނީ ޔުވެންޓަސް އަށް ކުލެފައި. ފޮޓޯ: ޓްރާންފަރ މާކެޓް
1998-2007 އަށް އިގޯރ ޓިއުޑަރ ވަނީ ޔުވެންޓަސް އަށް ކުލެފައި. ފޮޓޯ: ޓްރާންފަރ މާކެޓް

ޔުވެންޓަސްގެ މިހާރުގެ ކޯޗު ތިއާގޯ މޮޓާ އާއި ވަކިކޮށް، އެޓީމިގެ ކުރީގެ ޑިފެންޑަރު އިގޯރ ޓިއުޑަރ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ގެނައުމަށް ނިންމައިފިކަމަށް ފެބްރިޒިއޯ ރޮމާނޯ ރިޕޯޓުކޮށްފިއެވެ.

ފިއޮރެންޓީނާ އަދި އެޓަލާންޓާ އާއި ކުރި މެޗުތަކުގައި ލިބުނު ބައްޔާއެކު ޔުވެންޓަސްގެ ކޯޗު މޯޓާއަށް ވަނީ ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ. އަދި މޮޓާގެ ހިންގުމުގެ ދަށުން ޓީމުގެ ފެންވަރު ދަށްވަމުން ދިއުމާ ގުޅިގެން ކުލަބުގެ މެނޭޖްމަންޓުން މި ނިންމުން ނިންމާފައިވާ ކަމަށް ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަގާމަށް ޓިއުޑަރ ގެނައުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އައު ކޯޗުގެ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މޮޓާ އާއި އޭނާގެ ސްޓާފުން ވަކިކުރަން ޖެހޭ ހާލަތެއްގައި ބަދަލެއްގެ ގޮތުން ޔުވެންޓަސްއިން 15 މިލިއަން ޔޫރޯ ޚަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ޓިއުޑަރ ގެނައުމަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހޭނެއެވެ.

މިވަގުތު ޔުވެންޓަސް އޮތީ ލީގުގެ ތާވަލުގެ 5 ވަނައިގައެވެ. އެހެންކަމުން ޔުވެންޓަސް އަށް އަންނަ ސީޒަނުގައި ޗެންޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޮއިލަންޑްގެ ގޯލާއެކު ޔުވެންޓަސް ބަލިކޮށް ނަޕޮލީ އެއްވަނައަށް ކުޅިވަރު | 12 ގަޑިއިރު ކުރިންއިޓަލީގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ޔުވެންޓަސްގެ ކޯޗަކަމަށްކުޅިވަރު | މަހެއް ކުރިންޔުވެންޓަސް ބަލިކޮށް ޗެންޕިއަންސް ލީގުގައި ރެއާލް 100% ރެކޯޑާއެކު ކުރިޔަށްކުޅިވަރު | 2 މަސް ކުރިންޔުވެންޓަސްއިން ޖޯއާއޯ މާރިއޯގެ ސޮއި ހޯދައިފިކުޅިވަރު | 4 މަސް ކުރިން