logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް ޔޫޓިއުބްއިން ވަގުތުން ދައްކާގޮތަށް ހަމަޖައްސައިފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
13 ސެޕްޓެމްބަރު 2024 - 16:23
ފޮޓޯ--/ ރައީސް ޔާމީން
ފޮޓޯ--/ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތް  ހޯމަ ދުވަހު ޔޫޓިއުބްއިން ވަގުތުން ދައްކާގޮތަށް ހަމަޖައްސައިފިއެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލަ ފެންމަތިވުމާއިގުޅިގެންނެވެ، ހޯމަދުވަހު ކުރިއަށްގެންދަން ހަަމަޖެހިފައިއޮތީ ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމް ބާތިލުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ،

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ހިމެނޭ ބައެއްކަންކަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ، އެއީ މީގެ ކުރިން މި މައްސަލާގައި ހައިކޯޓުން ޝަރީއަތް ހިންގުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނެތްކަން ދައްކަން ދައުލަތުން ދައުލަތުން ހުށައެޅި ހެކިތަކަށް ރިޢާޔަތް ނުކުރުމުންކަމަށް ދައުލަތުން ހާމަކުރިއެވެ. ހައިކޯޓުން ވަނީ މިދިޔަމަހުގެ އޭޕްރީލް 18 ވަނަ ދުވަހު މި ހުކުމް ބާތިލް ކުރުމަށްފަހު އަލުން މައްސަލަ މުރާޖާކުރުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ، ހައި ކޯޓުންވަނީ ކްރިމިނަލް ކޯޓަށް މިމައްސަލައިގައި ދެން ޝާމިލުވާ ފަރާތްކަމަށްވާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްކޮށްފައިވާ ހުކުމް ވެސް ބާތިލްކޮށް އަލުން މައްސަލަ މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފައިއޮތީ އަންނަ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހުޚަބަރު | 2 މަސް ކުރިންނާޒިމް މިކިޔައިދެއްވީ ޔާމީން އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރުގެ ހަގީގަތްޚަބަރު | އަހަރެއް ކުރިންރައީސް ޔާމިންގެ އިންޑިއާ އައުޓް މައްސަލަ ކޯޓުން ބޭރުކޮށްލައިފި ޚަބަރު | 2 އަހަރު ކުރިންމާލެއިން ބިމެއް ގަނެފައިވާކަމަށް ބުނެ ފަތުރަނީ ދޮގު: ފައިސަލްޚަބަރު | 2 އަހަރު ކުރިން