logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ގަވާއިދަށް ބަދަލު ގެނައުމަށް ޔުއެފާއިން ވިސްނަނީ

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2025 - 13:07
އާރސެނަލް ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް 3-0 އިން ވަނީ ބަލިވެފައި. ފޮޓޯ: ރޮއިޓަރސް
އާރސެނަލް ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް 3-0 އިން ވަނީ ބަލިވެފައި. ފޮޓޯ: ރޮއިޓަރސް

މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، އަންނަ މޫސުމުގައި އިތުރު ބަދަލުތަކެއް ގެނައުމަށް ޔުއެފާއިން ވިސްނާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

މި ސީޒަނުގައި ގެނެވުނު ބަދަލާއެކު، 36 ޓީމު ވާދަކުރަނީ އެއް ލީގެއްގައެވެ. މި ގޮތުން ޕޮއިންޓު ތާވަލުން އެންމެ މަތިން ފުރަތަމަ 8 ޓީމު ސީދާ 16 ވަނަ ބުރަށް ދިޔައިރު، ދެން ތިބި 16 ޓީމު ވާދަކުރީ ޕްލޭ އޮފް މެޗުތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރުގެ ގަވާއިދުގެ ދަށުން، އެންމެ މަތިން ފުރަތަމަ 8 ޓީމަށް 16 ވަނަ ބުރުގެ ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް މި ގަވާއިދު ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލްގައި ނުހިނގާތީ، ލީގު މަރުހަލާގައި 3 ވަނައަށް ދިޔަ އާސެނަލް، 11 ވަނައަށް ދިޔަ ރެއަލް މެޑްރިޑާ ދެކޮޅަށް ދެވަނަ ލެގު ކުޅެން ޖެހެނީ ބަރުނަބިއުގައި ކަމާމެދު ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ޑެއިލީ މެއިލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ލީގު މަރުހަލާގައި ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ހަމައެކަނި 16 ވަނަ ބުރުގައި ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ދިނުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ޔުއެފާއިން ވަރަށް އަވަހަށް ނިންމާނެކަމަށް ބެލެވެއެވެ.

އަންނަ ސީޒަނުގައި މި ގަވާއިދަށް ބަދަލު ގެނެވިއްޖެ ނަމަ، ލީގު މަރުހަލާގައި ފުރަތަމަ 8 ޓީމަށް ޓީމުތަކަށް ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލްގައިވެސް ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 11 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 21 ދުވަސް ކުރިންޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | މަހެއް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 2 މަސް ކުރިން