ބީއެމްއެލް އަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކުންފުނިތަކުގެ ގާނުނަށް އިސްލާހެއް

ފޮޓޯ--/ ރައްޔިތުންގެ މަޖިލިސް ( އަހުމަދު ނާޒިމް)

16 ސެޕްޓެމްބަރު 2024 - 10:23
މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރި ކުންފުނިތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު މަގްސަދަކީ، ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވި މައްސަލަ ހައްލުކުރުން ކަމަަށް މަޖީލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ކުންފުނިތަކުގެ ހިންގުމާއި ބެހޭ ގާނޫނަށް އިސްލާހެއް ގެންނަން މިވަގުތު މުހިއްމު ނޫންކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. މި ބިލަށް ތިލަކޮށް ވާހަކަ ދައްކަވަން ޖެހޭ ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ބޭންކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ސަރުކާރުން ބީއެމްއެލް އަށް އެކްސްޓްރާ އޯޑިނަރީ މީޓީންގ (އީޖީއެމް) އެއް ބޭއްވުމަށް އަންގާފައިވަނިކޮށް އެކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވާފައިކަމަށްވިދާޅުވިއެވެ. އަދި އިތުރު އީޖީއެމް އެއް ބޭއްވޭނީ އާ ސީއީއޯ އެއް ގެނެސްގެން ކަމަށާއި މިކަމަށްޓަކައި މިގާނޫނަށް އިސްލާހު ގެންނަންޖެހޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ސަރުކާރުން އީޖީއެމް ބާއްވަން އެދުނު އިރު ބީއެމްއެލްގެ އިސް ފަރާތްތައް ރާއްޖޭގައި ނެތްކަމަށާއި އޭގެއިން ކޮންމެ ބޭފުޅަކީ ރާއްޖެއިން ބޭރުގެ ފަރާތްތައް ކަމަށް ވީނަމަވެސް 15000 ޑޮލަރުގެ ބޮޑު މުސާރަ ކަނޑައެޅިފައިވާ ބޭފުޅުންކަމަށެވެ. އީޖީއެމް ތައް އަވަސް މުއްދަތެއްގެ ތެރޭގައި ބޭއްވުން ނުހަނު މުހިއްމުކަމަށާއި އަދި މިއަދު ގެނެވުނު އިސްލާހުގެ ސަބަބުން މިހާރު އޮތް މުއްދަތަށް ވުރެ އަވަސް މުއްދަތެއްގެ ތެރޭގައި އީޖީއެމް ތައް ބޭއްވިގެން ދާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބީީއެމްއެލް އިން މިމަހުގެ 21ގައި ބާއްވާ އީޖީއެމްގެ އިތުރަށް އެހެން އީޖީއެމް އެއް އަވަސް މުއްދަތެއްގެ ތެރޭގައި ބޭއްވުމަށް މި އިސްލާހުން ބާރުލިބޭނެކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ މި އިސްލާހު ބިނާ ވެގެން ވަނީ ޕަބްލިކް ކުންފުނިތަކާއި ބެހޭ ގޮތުން ކަންތައްކުރަން ވީ ގޮތުގެ އިޖުރާތާއި ބެހޭ މައްސަލަތަކަށް ކަމަށެވެ. އެސްޓީއޯ، ބީއެމްއެލް އަދި އެމްޓީސީސީ ފަދަ ކުންފުނިތަކަކީ ރައްޔިތުން ހިއްސާވާގޮތަށް އުފެދިފައި ހުރި ކުންފުނިތައް ކަމަށް ވުމުން އަވަސް މުއްދަތެއްގެ ތެރޭގައި އީޖީއެމް ތައް ބާއްވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެސްޓީއޯ މިހާރުވަނީ ފެނަކައިގެ ހިންގުމާއި ހަވާލުވާން ތައްޔާރުވެފައި ކަމަށާއި އެހެން ކަމުން އެފަދަ މުހިއްމު ނިންމުންތައް ނިންމުމުގައި އީޖީއެމްތައް ބޭއްވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި އަދި އެކަމުގެ ހުއްދަވެސް އެކުންފުނީގެ ބޯޑުން ނަގަން ޖެހޭނެކަމަށް ނަޒީރު ފާހަގަކުރެއްވިއެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް ގެނައުމަކީ ވަރަށް ހަރުދަނާ ނިންމެމުވެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޒީރު ވަނީ ވިދާޅުވެފައެވެ،
ފެނަކައިން އެންމެ ގިނަ ލާރި ދައްކަން ޖެހެނީ އެސްޓީއޯ އަށް ކަމަށާއި ފާއިތުވެ ދިޔަ ފަސްއަހަރުގައި އެފައިސާއިން އެއްވެސް ވަރެއް އެސްޓީއޯ އަށް ދައްކާފައިނުވާކަމަށް ވެސް ނާޒިމު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިހާރު ފެންނަ މަންޒަރަކީ އެސްޓީއޯއަށް ފެނަކައިން ލިބެންޖެހޭ 2.2 ބިލިއަން ރުފިޔާގެ ބަދަލުގައި ފެނަކައިގެ %100 އެސްޓީއޯއިން ގަންނަން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ، އަދި އެސްޓީއޯގެ ތަޖުރިބާގެ އަލީގައި ފެނަކައިގެ ހިންގުން ރަނގަޅު ވެގެން ދިއުމަކީ ވަރަށް ވެސް ރަނގަޅުކަމެއްގެ ގޮތުގައު ގަބޫލުކުރައްވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ މިސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން ހިއްސާވާ ކުންފުނި ތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށެވެ.