logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ކުޅިވަރު

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޔޫރަޕުގެ ތަށްޓެއް ހޯދުމުގެ ފުރުސަތު ޔުނައިޓެޑަށް

އަބްދުﷲ ޣާނިމް
9 މޭ 2025 - 05:03
މެންޗެސްޓަރ ޔުނައިޓެޑް ރޭގެ މެޗު ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
މެންޗެސްޓަރ ޔުނައިޓެޑް ރޭގެ މެޗު ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

އޯލްޑް ޓްރެފޯޑްގައި ރޭގައި ޔޫރޮޕާ ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑް އެތްލެޓިކް ކްލަބްގެ މައްޗަށް 4-1 އިން ކުރި ހޯދައި، މުބާރާތުގެ އެއްްވެސް މެޗަކުން ބަލިނުވެ ޔޫރަޕުގެ ތަށްޓެއް މިސީޒަނުގައި ހޯދުމުގެ ފުރުސަތުއޮތް ހަމައެކަނީ ޓީމަށް ޔުނައިޓެޑް ވެއްޖެއެވެ. ރޭގެ މޮޅާއެކުނދެ މެޗުގެ އެގްރެގޭޓުން ޔުނައިޓެޑް އަށް ކުރި ލިބެނީ 7-1 އިންނެވެ. މިއާއެކު މެއި 21 ވަނަ ދުވަހު ބިލްބާއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕާ ލީގުގެ ފައިނަލްގައި ޓޮޓެންހެމް އާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ހޯދާފައެވެ.

ފުރަތަމަ ލެގުގައި 3-0 އިން ކުޔުނައިޓެޑް މޮޅުވެފައި އޮތްނަމަވެސް، ރޭގެ މެޗުގެ 31 ވަނަ މިނެޓްގައި މިކެލް ޖައުރެގިޒާގެ ޖެހި ރީތި ލަނޑަކުން އެތްލެޓިކް ކުލަބަށް އުއްމީދެއް ލިބިގެން ދިޔައެވެ. ނަމަވެސް އަމޮރިމް ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު ޔުނައިޓެޑުގެ ކުލުން އިތުރަށް ވަރުގަދަވިއެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓްގައި މައުންޓް ވަނީ ރީތި ކާވިންގ ޝޮޓަކުން މެޗު އެއްވަރުކޮށްފައެވެ. އޭގެ ފަހުން ބްރޫނޯ ފަނާންޑޭސްގެ ކްރޮސްއަކުން ކަސެމީރޯ ވަނީ ހެޑަރއަކުން ލަނޑެއް ޖަހާފައެވެ. ގޯލްކީޕަރ ޖުލެން އަގިރެޒަބަލާގެ ކުށަކުން ރަސްމަސް ހޯޖްލަންޑް ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ ފަހުވަގުތުގައި މައުންޓް ވަނީ ކީޕަރު ބޯލައަށް ނިކުމެހުއްޓާ ވަރަށް ދުރުން ޖެހި ޝޮޓަކުން ގޯލުޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު މިސީޒަން ނާކާމިޔާބުކޮށް ކުރިޔަށްދިޔަ ޔުނައިޓެޑް އަށްވަނީ ޔޫރޮޕާ ލީގު ދެވަނަ ފަހަރަށް ކާމިޔާބުކޮށް، އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ކެރިކް ވަކިކުރަނީކުޅިވަރު | 3 ދުވަސް ކުރިންޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 8 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 9 ދުވަސް ކުރިން