logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުއޭފާ ރޭންކިންގެ އެއްވަނަ ރެއާލް މެޑްރިޑަށް، ބާސާއަށް 10 ވަނަ

އަބްދުﷲ ޣާނިމް
2 ޖޫން 2025 - 05:14
މިދިޔަ އަހަރުގެ ޗެންޕިއަންޓީމް ރެއާލް މެޑްރިޑް
މިދިޔަ އަހަރުގެ ޗެންޕިއަންޓީމް ރެއާލް މެޑްރިޑް

ޗެމްޕިއަންސް ލީގު ނިމުމާއެކު، ޔުއޭފާގެ ކްލަބް ކޮއެފިޝަންޓް ރޭންކިންގ އާކޮށް އާންމުކޮށްފިއެވެ. މި ރޭންކިންގގައި ސްޕެއިންގެ ދެ ކްލަބެއް ޓޮޕް 10 ގައި ހިމެނިފައިވާއިރު، ރެއާލް މެޑްރިޑް ވަނީ އެއްވަނައިގައި ހިފަހައްޓާފައެވެ.

އިއްޔެ ނިމިގެން ދިޔަ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) ވަނީ ރޭންކިންގގެ ފަސްވަނައިގައި ހިމެނިފައެވެ. އަދި ފައިނަލްގައި ބަލިވި އިންޓަރ މިލާން ވަނީ ހަވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަރ މިލާނަކީ ފާއިތުވި ތިން ސީޒަންތެރޭގައި ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފައިވާ ޓީމެކެވެ. އިންޓަރ މިލާން ވަނީ ފައިނަލްގައި ޕީއެސްޖީ އާ ވާދަކޮށް ބަލިވެފައެވެ.

ސްޕެއިންގެ ކްލަބްތަކަށް ބަލާއިރު، 2024/25 ވަނަ އަހަރުގެ މުބާރާތުގައި ކުއާޓަރ ފައިނަލުން ބަލިވިނަމަވެސް، ރެއާލް މެޑްރިޑް ދަނީ ރޭންކިންގގެ އެއްވަނައިގައި ހިފަހައްޓައިގެންނެވެ. އަދި ބާސެލޯނާ ވަނީ 10 ވަނަ ހޯދާފައެވެ.

ޔޫއެފާގެ ކްލަބް ރޭންކިންގ ސިސްޓަމް، ނުވަތަ ކްލަބް ކޮއެފިޝަންޓް އަކީ، ފާއިތުވި 5 މޫސުމުގައި ޔޫއެފާ ޗެމްޕިއަންސް ލީގް، ޔޫރަޕާ ލީގް އަދި ޔޫރަޕާ ކޮންފަރެންސް ލީގްގައި ކްލަބްތަކުގެ ޕަރފޯމަންސްއަށް ބަލައި ދަރަޖަކުރާ ނިޒާމެކެވެ. ކުލަބުތަކަށް ޕޮއިންޓް ދީފައިވަނީ ފާއިތުވެދިޔަ 5 އަހަރުގެ ޔޫރަޕުގައި ކުޅެފައިވާ މެޗުތަކަށް ޕޮއިންޓް ދީގެންނެވެ.

މި ރޭންކިންގތަކުގެ ސަބަބުން މުބާރާތްތަކުގެ ސީޑިންގ، އެންޓްރީ ބުރުތައް އަދި އާމްދަނީ ބެހުމަށް އަސަރުކުރެއެވެ.

GsX9RazWwAAEiqB.jpg

ޔުއޭފާ ރޭންކިންގ ގަދަ 10 އެއް

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީކުޅިވަރު | ދުވަހެއް ކުރިންހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | ދުވަހެއް ކުރިންމެސީ ލައިޓް އެންމެފަހުން ލަވަކިޔަން ފަށައިފިކުޅިވަރު | 4 ދުވަސް ކުރިންޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން ބާސާ ބުލި ކުރަނީ! މިފަހަރު ކުކުރެލާ ރެއާލް މެޑްރިޑްއަށްކުޅިވަރު | 10 ދުވަސް ކުރިން