logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ރިސޯޓްތަކުން ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން: ޤާސިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2025 - 17:45
ބައެއް ރިސޯޓްތަކުން ސާވިސް ޗާޖު ރުފިޔާއިން އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން: ޤާސިމް

ބައެއް ރިސޯޓްތަކުން ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫންކަމަށް ފަސް ރިސޯޓެއް ހިންގާ ވިލާ ޓްރޭޑިން އެންޑް ކޮމްޕެނީގެ ޗެއާމަން ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމްކޮށްފައިވީ ނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތަކުން ހިންގުމަށް ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާއިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ފަތުރުވެރިން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުން، އެ ހައްޤު ހަމަ އެގޮތަށް މުވައްޒަފު މީހާއަށް ލިބިދޭންޖެހޭނީ ޑޮލަރުންނެވެ," ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ޑޮލަރުން ނޫން ގޮތަކަށް މުވައްޒަފަކު ސާވިސް ޗާޖު ލިބިގަތުމަށް އިންކާރުކޮށްފިނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލެވިދާނެ ކަމަށެވެ.

"މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާއަށް ރައްދުކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ," ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އަމިއްލަފުޅަށްވެސް އެތައް މުވައްޒަފުން ގެންގުޅުއްވާ ކެޓަގަރީ އޭގެ ރިސޯޓުތަކެއް ހިންގަވާ ކަމަށާއި، މި ދަތިކަން އެ އެމަނިކުފާނަށް ވެސް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމަށާއި، ޤާނޫނުންވެސް ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލުއި ލިބިދީފައިވާއިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުވައްޒަފުންނަށް ލިބެނީ މާ ބޮޑު ގެއްލުމެއް ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބައެއް އެހެން ކުންފުނިތަކުން މި ހާލަތާ ގުޅިގެން މުސާރަވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ޚަބަރަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުވައްޒަފުންނާ އެއްބަސްވުން ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުންނެވެ.

"ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާއަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއުތިރާޟެއް ނެތް ކަމުގައިވާނަމައެވެ," ޤާސިމް އިތުރަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ޤާސިމް އިބްރާހިމްގެ ބަހުގެ އަލީގައި، ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު އަދި މުސާރަ ދިވެހި ފައިސާއިން ދިނުމަކީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއްކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި މައްސަލައަކީ މުވައްޒަފުންގެ ހައްޤުތަކާ ގުޅުންހުރި މުހިންމު މައްސަލައެކެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފުޚަބަރު | 3 ގަޑިއިރު ކުރިންރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރި ރައީސްއެއް މި ގައުމު ނުދެކޭ: ޤާސިމްޚަބަރު | މަހެއް ކުރިންރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއަކު އަދި ނުދެކެން: ޤާސިމްޚަބަރު | މަހެއް ކުރިންއެމްޑީޕީން މިރޭ ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފިޚަބަރު | މަހެއް ކުރިން