logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
19 ޖުލައި 2025 - 07:05
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހިންގާ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް، އެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހިއްސާކުރުމުގެ މަސައްކަތް  އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާގެ ފްލެޓްތައް ހަވާލުކުރުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް، އެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ފްލެޓްތައް ސޮއިކޮށް ހަވާލުކުރާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކުގެ ތަރުތީބުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ ހުރިހާ މުޢާމަލާތްތަކެއް ކުރިޔަށްގެންދާނީ އެފްޑީސީން ކަމަށް ވެސް އެ އިއުލާނުގައި ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ވަނީ އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އަންގާނެ ކަން ފާހަގަކޮށްފައެވެ.

އަދި އެ ޕޯޓަލް އިން އެފަދައިން ނާންގާ ފަރާތްތަކަށް އެ ވުޒާރާއިން ނުވަތަ އެފްޑީސީން ގުޅައި ނުވަތަ އެސްއެމްއެސް ނުކުރާނެ ކަން ފާހަގަކޮށް، އެފަދަ ކަންކަމަށް ސަމާލުވުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެފަދަ އިއުލާނެއް މިއަދު ނެރުނުއިރު، ހުސްވި ހަފުތާގެ ބުދަ ދުވަހު އޮތް  "އަހާ ފޯރަމުގައި" ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ޢާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ށް ގެދޮރުވެރިކަމާއި އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، މި ހަފުތާގެ ތެރޭގައި އެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން އެދުވަހު ވަޒީރު ވިދާޅުވީ، 4،000 މީހުންނަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތްކުރުމަށް ބޭނުންވާ ތަނަކާއި އެތަނަށް ޢާންމުން އެއްވާއިރު އެ މަސައްކަތް ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އޭރު ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން:
Anna Hafuthaagai 4,00 Flat ge Ehbasvunthakugai Soi Kuran Fashanee | Mendhuru TvTikTokYouTubeInstagramXFacebook

Anna Hafuthaagai 4,00 Flat ge Ehbasvunthakugai Soi Kuran Fashanee | Mendhuru TvTikTokYouTubeInstagramXFacebook

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީޚަބަރު | 2 މަސް ކުރިންކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެފްޑީސީން ހާއްސަ ހަވީރެއް ބާއްވަނީޚަބަރު | 5 މަސް ކުރިންކުރުމުއްދަތަކަށް މާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަމަަށް އެދެވޭގޮތަށް ބަދަލު ގެނެސްފިޚަބަރު | 6 މަސް ކުރިން "ބޯހިޔާވަހިކަން އެންމެނަށް" ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 6 މަސް ކުރިން